މާލެ ސަރަޙައްދުގައި ހިންގަމުންދާ ސެލޫނާއި ސްޕާތަކުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކްފޯހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހުޅުމާލެއިން ބިދޭސީއެއް ހައްޔަރުކޮށްފިއެވެ. އިއްޔެ ހިންގި މި ހަރަކާތުގައި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ ބިދޭސީއަކު އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. މިގޮތުން މާލެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަނާއި، އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތްގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ސިލްސިލާ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. މި މަސައްކަތުގައި އިމިގްރޭޝަނާއެކު ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކުންވެސް އަންނަނީ ބައިވެރިވަމުންނެވެ.
ފާއިތުވި މުއްދަތުގައި މާލެއާއި ހުޅުމާލޭގައި ހިންގި މިފަދަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ