އުމްރާއަށް ގޮސް ހުއްޓާ ބަލިވެ ހާލުދެރަވި މީހަކު ރާއްޖެ ގެންނަން ސަރުކާރުން މަސައްކަތް ފަށައިފި

އުމްރާއަށް ގޮސް ހުއްޓާ ބަލިވެ ހާލުދެރަވި މީހަކު ރާއްޖެ ގެންނަން ސަރުކާރުން މަސައްކަތް ފަށައިފި

Author
އަހުމަދު
06 ޖެނުއަރީ 2026 08:27
0

ސްކޫލް ބަންދު ޗުއްޓީގައި އުމްރާ އަދާކުރަން ދިޔަ 7000 އަށް ވުރެ ގިނަ ދިވެހިންގެ ތެރެއިން އެޑްމިޓް ކޮށްފައިވާ ބަލިމީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ބަލިމީހާގެ އާއިލާއާ ގުޅިގެން ކުރިއަށްދާ މި މަސައްކަތުގައި މޯލްޑިވިއަންސް އަދި އައިޖީއެމްއެޗުން އެހީތެރިވެދެމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބަލިމީހާ މިމަހުގެ 10 ވަނަ ދުވަހު މާލެއަށް ގެނެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މި ކަމުގައި އެހީތެރިވެދެމުންދާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އުމްރާއަށް ދިޔަ އެހެން ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.