ބައްސާމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމަކާއި 44.7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

ބައްސާމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމަކާއި 44.7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

Author
އައިޝަތު އަޙްމަދު
06 ޖެނުއަރީ 2026 05:33
0

ފީފާއިން އެފްއޭއެމަށް ދިން 1.2 މިލިއަން ޑޮލަރު އުސޫލުން ބޭރުން އަމިއްލަ ބޭނުންތަކަށް ހަރަދުކުރި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކްރިމިނަލް ކޯޓުން މިއަދު 23 އަހަރުގެ ޖަލު ހުކުމެއް އިއްވާ 44.7 މިލިއަން ރުފިޔާ ޖޫރިމަނާކޮށްފި އެވެ.

ބައްސާމްގެ މައްޗަށް އުފުލި ހިޔާނާތާއި މަނީ ލޯންޑަރީންގެ ދައުވާތައް ކްރިމިނަލް ކޯޓުން ވަނީ ސާބިތުކޮށްފަ އެވެ. ހިޔާނާތުގެ ދައުވާއަށް 8 އަހަރާއި މަނީ ލޯންޑަރީންގެ ދައުވާއަށް 15 އަހަރުގެ ޖަލު ހުކުމް އިއްވި ގާޒީ ވަނީ މިއީ އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބު ކަމަށް ފާހަގަކުރައްވާފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން އެކި ފަރާތްތަކުން ލިބޭ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލާގައި ބައްސާމްގެ މައްޗަށް ކުރިން ވެސް ދެ ޖިނާއީ ދައުވާ އެއް ސާބިތުވެފައިވެ އެވެ. މިއީ ފީފާއިން އެފްއޭއެމަށް ދިން ފައިސާ ރަނގަޅަށް ނުބެހެއްޓި އަމިއްލަ ކަންކަމަށް ހަރަދުކުރި މައްސަލާގައި ކޯޓުން މިހާތަނަށް ބައްސާމަށް ދިން އެންމެ ހަރުކަށި އަދަބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.