މި އަހަރު ހުކުރު ޚުޠުބާ ލިޔަން ބޭނުންވާ މައުޟޫއުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފައެވެ. މިނިސްޓްރީގެ ފޭސްބުކް ޕޯސްޓެއްގައި ރައްޔިތުން އަޑު އަހަން ބޭނުންވާ ހުތުބާގެ މައުޟޫއުތައް ކޮމެންޓު ކުރުމަށް އެދިފައިވާއިރު، އެ މައުޟޫއުތަކަށް ލައިކު ދިނުމަށް ވެސް އެދިފައި ވެއެވެ.
މިހާތަނަށް އެ ޕޯސްޓަށް 560އަށް ވުރެ ގިނަ މީހުން ކޮމެންޓު ކޮށްފައިވާއިރު، ބައެއް މައުޟޫއުތަކަށް ސަތޭކައާ ގާތް ކުރާ އަދަދަކަށް ނުވަތަ އެއަށް ވުރެ އިތުރަށް ލައިކު ލިބިފައިވެއެވެ. މި ފުރުސަތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ހުތުބާގެ މައުޟޫއެއް ހުށަހަޅުއްވާފައެވެ.
ކޮމެންޓު ފޮނުވާ