ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރާތީ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ޔެލޯ އެލާޓެއް ނެރެފި އެވެ.
މި އިންޒާރު ހިނގާނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 1:00 އާ ހަމައަށެވެ. އެލާޓުގެ ދަށުގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، ފ، މ، ދ އަދި ތ އަތޮޅެވެ.
ޔެލޯ އެލާޓަކީ މޫސުމާ ބެހޭ ގައުމީ އިދާރާގެ ކުލަ ކޯޑުތަކުގެ ތެރެއިން ދެވަނަ ދަރަޖައިގެ އިންޒާރެވެ. ވައިޓް އެލާޓަށްވުރެ އެއް ދަރަޖަ މަތީގެ މި އިންޒާރު ނެރެނީ، މޫސުން ގޯސްވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރުކުރާފަދަ ހާލަތެއް ކުރިމަތިވެދާނެ ނަމައެވެ.
ކޮމެންޓު ފޮނުވާ