ސައުދީ އަރަބިއްޔާގެ އެއާޕޯޓްތަކާއި ވައިގެ ސަރަހައްދުގެ ގިނަ ބައެއް ރައްކާތެރި ނޫން ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިންޒާރުދީފިއެވެ.
ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ބުނީ، މައްކާއާއި މަދީނާގެ ވައިގެ ސަރަހައްދު ފިޔަވައި ސައުދީގެ އެހެން ސަރަހައްދުތަކުން ދަތުރުކުރުމަކީ ނުރައްކާތެރި ކަމެއްކަން އެއާލައިންތަކަށް އެނގިފައިވާނެ ކަމަށެވެ.
މިމަހު ހޫތީން ސައުދީގެ އެއާޕޯޓްތަކާއި ތެޔޮ ކާރުހާނާތަކަށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، އެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، ސަތޭކަ ގިނަ ބަޔަކު ޒަހަމްވެފައިވެއެވެ. 12 އަހަރު ވަންދެން ސައުދީން ޔަމަނަށް ދިން ހަމަލާތަކާ އަޅާބަލާއިރު، މިހާރު ހޫތީން ދޭ ހަމަލާތަކަކީ އެހާ ބޮޑު ހަމަލާތަކެއް ނޫން ކަމަށް ވެސް ސާރީ ބުންޏެވެ.
މިއަދު މަދީނާއަށް އަމާޒުކޮށް ފޮނުވި މިސައިލެއް ސައުދީން ހުއްޓުވިއެވެ. އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ހަނގުރާމައާ ގުޅިގެން މިހާތަނަށް 10 އަށްވުރެ ގިނަ އެއާލައިނަކުން ސައުދީއަށް ދަތުރުކުރުން މެދުކަނޑާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ