ހުކުރު ހުތުބާ ލިޔުމަށް ބޭނުންވާ މައުޟޫއުތަކާ ބެހޭގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ. މިއަހަރުގެ ޚުތުބާތަކަށް ރައްޔިތުން އަޑުއަހަން ބޭނުންވާ މައުޟޫއުތައް ހުށަހެޅުމުގެ ފުރުސަތު ވެސް މިނިސްޓްރީން ދީފައިވާއިރު، މައުޟޫއުތައް ހުށަހެޅުމަށް މިނިސްޓްރީގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓްކޮށްދިނުމަށް އެދިފައިވެއެވެ. މިނިސްޓްރީން މިފަދަ ފުރުސަތެއް ހުޅުވާލުމާއެކު މިހާރު ވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ހިޔާލުތައް ހިއްސާކުރަމުންނެވެ.
ކޮމެންޓު ފޮނުވާ