ކުލިނިކްތަކަށް އާސަންދަ ދިނުމުގެ މަސައްކަތް އެންސްޕާއިން ފަށައިފި

ކުލިނިކްތަކަށް އާސަންދަ ދިނުމުގެ މަސައްކަތް އެންސްޕާއިން ފަށައިފި

Author
ހުސައިން
31 ޑިސެމްބަރ 2025 09:54
0

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ ކުލިނިކްތަކަށް އާސަންދަ ދިނުމުގެ މަސައްކަތް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފަށައިފިއެވެ. މި ނިންމުން ނަގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގައި ބޭސްފަރުވާގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުން ހިއްސާކުރެއްވި ޝަކުވާތަކާއި މަޝްވަރާތަކަށް ރިޢާޔަތްކޮށެވެ.

އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާސަންދަ ސްކީމްގައި އެމްޕެނަލްވުމަށް އެދި ހުށަހަޅާ ކުލިނިކްތަކުގެ ހުށަހެޅުންތައް ވީއެންމެ އަވަހަކަށް ޕްރޮސެސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އާސަންދަ ހޯދުމަށް ބޭނުންވާ ކުލިނިކްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު، ހުށަހެޅި ފަރާތްތަކަށް އަންނަ ޖެނުއަރީ މަހުގެ 31 ގެ ކުރިން އާސަންދަ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

ކުލިނިކްތަކަށް އާސަންދަ ލިބިގެންދިއުމުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓު ހައްދައިގެން މަސްދެމަސް ވެސް ވަނީސް ނުދެއްކޭކަމުގެ ޝަކުވާތަކަށް ހައްލު ލިބި، ރައްޔިތުންނަށް ބޭސްފަރުވާގެ ހިދުމަތް ހޯދުން ފަސޭހަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.