ބީއެމްއެލް 3000 ފްލެޓް އިމާރާތްކުރުމަށް ދިވެހި ކުންފުނިތަކާވެސް ހަވާލުކުރަނީ

ބީއެމްއެލް 3000 ފްލެޓް އިމާރާތްކުރުމަށް ދިވެހި ކުންފުނިތަކާވެސް ހަވާލުކުރަނީ

Author
ޙަސަން މުޙައްމަދު
29 ޑިސެމްބަރ 2025 11:28
0

ބީއެމްއެލް އެފޯޑަބަލް ހައުސިން ޕްރޮގްރާމްގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ދިވެހި ކުންފުނިތަކާވެސް ހަވާލުކުރުމަށް ނިންމާފައިވާކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ.

ބޭރުގެ ދެ ކުންފުންޏަކާ 2000 އަށްވުރެ ގިނަ ޔުނިޓް އިމާރާތްކުރުމަށް ހަވާލުކޮށްފައިވާއިރު، މިހާރު ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިން ޔުނިޓްތަކުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު މިރޭ "އެކްސް" ގައި ވިދާޅުވިއެވެ.

މިގޮތުން ޖުމްލަ 3000 އަށްވުރެ ގިނަ ފްލެޓްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ސައީދު ވިދާޅުވިއެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނީގެ އަމާޒަކީ ދިވެހި އާއިލާތަކަށް އަތްފޯރާފަށުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.