ފުވައްމުލައް ސިޓީގައި ގެބުނު ކުއްޖާ މަރުވެއްޖެ

ފުވައްމުލައް ސިޓީގައި ގެބުނު ކުއްޖާ މަރުވެއްޖެ

Author
ހުސެއިން
09 ޖެނުއަރީ 2021 07:17
0

ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިގެން، ފުވައްމުލަށް ސިޓީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނި ކޮށް ދާދި ދެންމެއަކު ނިޔާވެއްޖެ ކަމަށް އެސިޓީގެ ހޮސްޕިޓަލުން މައުލޫމާތު ދީފިއެވެ.

ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މިކުއްޖާއަކީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެއެވެ.

މިއަދި ހަވަިރުގެ ވަގުތެއްގައި މިކުއްޖާ ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ނެވެ. އެ ޒުވާނާ ފެނިފައި ވަނީ މިއަދު 17:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އޭނާއަށް ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދިނުމަަށްޓަކާ ވަގުތުން ހިސްޕިޓަލަށް ގެންދެވިފައި ވެއެވެ.

މިކުއްޖާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ 16:47ހާއިރު އެވެ. އިތުރު ކުދިންތަކަކާއެކު މޫދަށް އެރި އުޅެނިކޮށް މި ކުއްޖާ ގެއްލުނީ "މާނޭރާ" ސަރަހައްދަށެވެ.

ފުވައްމުކަށް ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، ގެއްލިގެ ހޯދަމުންދަނިކޮށް މޫދުއަޑިން ފެނިގައިވަނީ، އެއްކޮށް މޫދަށް އެރި އުޅެނިކޮށް ދެކުއްޖަކު އިޔާ ދަމައިގަތުމުން، އިޔާ ދަމައިގަތް ދެކުދިން ސަލާމަތް ކުރުމަށް ދިޔަ 3 ވަނަ ކުއްޖާކަމުގައެވެ.

މޫދުއަޑިން ފެނުނު ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދަނިކޮށް މަރުވެފައިވާއިރު، މިހާދިސާއާއި ގުޅިގެން ފުވައްމުލަށް ސިޓީ ހޮސްޕިޓަލުން ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ކާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.