ޓާމިނަލް 1 އިން ސްރީލަންކަން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި

ޓާމިނަލް 1 އިން ސްރީލަންކަން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި

Author
އަހުމަދު
17 ޑިސެމްބަރ 2025 07:00
0

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ސްރީ ލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްއަށް ހިދުމަތް ދޭން މިއަދު ފަށައިފިއެވެ. މިކަން ފެށުން ފާހަގަކުރުމަށްޓަކައި ޓާމިނަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއެވެ.

މި ރަސްމިއްޔާތުގައި އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 115 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓް UL101 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. ސްރީލަންކަން އެއާލައިންސް އާއެކު މިހާރު ޓާމިނަލް 1 އިން 33 އެއާލައިނަކަށް ހިދުމަތް ދެމުން ގެންދާއިރު، 1979 ވަނަ އަހަރު ސެޕްޓެމްބަރު 1 ގައި ރާއްޖެއަށް ދަތުރުތައް ފެށި އެ އެއާލައިން އަކީ ޓާމިނަލް 1 އިން ހިދުމަތް ލިބޭ ސްރީ ލަންކާގެ ދެވަނަ އެއާލައިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.