ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ކުންފުނިތަކުގައި އިންފޮމޭޝަން އޮފިސަރުން އައްޔަން ކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން އަންގައިފި އެވެ. މިއީ އާރުޓީއައި އެކްޓްގެ ދަށުން އާއްމުން މައުލޫމާތު ހޯދުމަށް ކުރާ ހުށަހެޅުންތައް އަވަސް ކުރުމަށް ޕީސީބީން އަޅާފައިވާ ފިޔަވަޅެކެވެ.
ޕީސީބީން ބުނީ، އިންފޮމޭޝަން އޮފިސަރުން އައްޔަން ކުރުމުގެ އިތުރުން އެ އޮފިސަރުގެ ނަމާއި ކޮންޓެކްޓް ނަމްބަރު އަދި އީމެއިލް އެޑްރެސް އާއްމުންނަށް ފަސޭހައިން ފެންނާނެހެން ހާމަކުރަން ޖެހޭ ކަމަށެވެ. މިގޮތަށް އިންތިޒާމު ހަމަޖައްސައިފިނަމަ އާއްމުން އެދޭ މައުލޫމާތު ހޯދުމުގައި އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ އެވެ.
ސަރުކާރު ކުންފުނިތަކުން އާރުޓީއައި ހުށަހެޅުންތަކަށް އިޖާބަ ނުދިނުމުގެ ޝަކުވާތައް މީގެ ކުރިން މައްސަލައަކަށް ވެފައިވި އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މައުލޫމާތު ހާމަކުރުމަށް ބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށް ފާހަގަ ކުރެވިފައިވެ އެވެ.
ކޮމެންޓު ފޮނުވާ