ފަގީރު ހާލުގައި އެކަނި ދަރިން ބަލަހައްޓަމުންދާ މައިންނާއި ބަޕައިންނަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ނޮވެމްބަރު މަހު 4.9 މިލިއަން ރުފިޔާ ދީފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހު 2895 މައިން ނުވަތަ ބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިއީ 4940 ކުއްޖަކަށް ފޯރުކޮށްދިން އެހީއެވެ. މި ޕްރޮގްރާމްގައި ރަޖިސްޓްރީކުރުމަށް 48 މީހަކާއި 96 ކުޑަކުދިން އަލަށް ހުށަހަޅާފައިވާކަން ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ 136 ކުއްޖަކަށް ވެސް ނޮވެމްބަރު މަހު އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެ ކުދިން ބަލަހައްޓާ 100 ބެލެނިވެރިންނަށް ޖުމްލަ 186،000 ރުފިޔާ ދީފައިވެއެވެ. އަދި ފަގީރު ހާލުގައި ދިރިއުޅޭ 713 ފަރާތަކަށް ކާބޯތަކެތި ގަތުމަށް 26،240 ރުފިޔާ ހަރަދުކޮށްފައިވާކަން ވެސް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ