މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއްގައި ވަރަށް ބޮޑަށް ފިހިގެން އަނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެނައުމަށް ނިންމައިފިއެވެ.
ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި 43 އަހަރުގެ އަޙްމަދު އަޒްމީލް (ޗީފް) މިދިޔަ ބުރާސްފަތި ދުވަހު ތައިލޭންޑުގެ ބެންކޮކުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އެ ކުންފުނީގައި 21 އަހަރަށް ވުރެ ގިނަ ދުވަސް މަސައްކަތް ކުރި އަޒްމީލްގެ އާއިލާގެ އެދުމުގެ މަތިން، ހަށިގަނޑު ރާއްޖެ ގެނައުމަށް ހުރިހާ އިންތިޒާމެއް ސްޓެލްކޯއިން ހަމަޖައްސައިދެމުން އަންނަ ކަމަށް އެ ކުންފުނީގެ މީޑިއާ އޮފިޝަލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ. ލަފާކުރެވޭ ގޮތުގައި މާދަމާ ނުވަތަ އަންގާރަ ދުވަހު އަޒްމީލްގެ ހަށިގަނޑު ރާއްޖެ ގެނެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހުޅުމާލޭގައި އަތްބަކާއި ދެ ކުދިންނާއެކު ދިރިއުޅެމުން ދިޔަ އަޒްމީލްގެ އަނބިމީހާ މިހާރު ވެސް އިނީ ބަލިވެކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ކޮމެންޓު ފޮނުވާ