ޤަވާއިދާ ޚިލާފަށް ހިންގި 4 މަސާޖު ޕާލަރު ބަންދުކޮށް، 4 ބިދޭސީއަކު ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް ހިންގި 4 މަސާޖު ޕާލަރު ބަންދުކޮށް، 4 ބިދޭސީއަކު ހައްޔަރުކޮށްފި

Author
އަހުމަދު
10 ޑިސެމްބަރ 2025 12:05
0

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ ފިޔަވަޅު އެޅުމަށް ހިންގަމުންދާ އޮޕަރޭޝަނެއްގައި މާލޭގެ 4 މަސާޖު ޕާލަރު އިމިގްރޭޝަންގެ ޓާސްކްފޯސްއިން ބަލައިފާސްކޮށް، ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އެ އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފިއެވެ.

ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ މި ހަތަރު ބިދޭސީން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރެއެވެ. އަދި މި ތަންތަނުގައި ހިންގަމުންދިޔަ ވިޔަފާރި ހުއްޓުވުމުގެ ފިޔަވަޅު މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ނޯޓިސްއާއެކު އަޅާފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި އެފަދަ ފަރާތްތައް ޑިޕޯޓްކުރުމާއި، ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ސަރުކާރުން އިމިގްރޭޝަނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ހާއްސަ ސަމާލުކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.