ލޯކަލް ގަވަމަންޓް އޮތޯރިޓީން ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދަށް ތިން މަހަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑުކޮށް، ބާކީ ހަ ކައުންސިލަރުންނަށް ނަސޭހަތްދީފައިވާއިރު، ކައުންސިލުން މި ފިޔަވަޅު ބަލައިނުގަންނަ ކަމަށް ބުނެފިއެވެ.
ހޯރަފުށި ކައުންސިލްގެ ނައިބު ރައީސް އަޙްމަދު އިމްދާޙު ވިދާޅުވީ އެލްޖީއޭގެ ބަޔާނުގައިވާ ކަންކަން ސާބިތުކުރެވޭނެ ހެކިތައް ދައްކާފައި ނުވާ ކަމަށާއި މުޅި ކައުންސިލާއި ހުރިހާ މުވައްޒަފުން ވެސް މި ފިޔަވަޅު ގަބޫލެއް ނުކުރާނެ ކަމަށެވެ.
އެލްޖީއޭއިން ޖުމުލަ ހަތް މައްސަލައެއް ފާހަގަކޮށް އިންކުއަރީއަކަށްފަހު ނިންމީ މާލިއްޔަތު ގަވައިދާ ޚިލާފަށް ކައުންސިލުން ޚަރަދުކުރި މައްސަލަތަކާއި ލޭންޑް ޔޫޒް ޕްލޭނާ ޚިލާފަށް ގޯތިތަކަށް ހުސްބިން އިތުރުކޮށްދިން މައްސަލައާއި މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނާ ޚިލާފުވި މައްސަލަތައް ހިމެނޭ ކަމަށެވެ.
ވަޙީދު ސަސްޕެންޑުކުރީ ގާނޫނާ ގަވައިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމުގެ ޒިންމާ އޭނާ އަދާނުކުރާތީ ކަމަށް އެލްޖީއޭއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ