ހޯރަފުށީ ކައުންސިލްގެ ރައީސް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

Author
އަހުމަދު
08 ޑިސެމްބަރ 2025 08:17
0

އެލްޖީއޭ އިން އިއްޔެ ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ. އެ އޮތޯރިޓީން ހިންގި އިންކުއަރީއަކުން ލާމަރުކަޒީ ޤާނޫނާއި ސުލޫކީ މިންގަނޑާއި ޚިލާފު ކަންތައްތައް ހިނގާފައިވާ ކަމަށް ފާހަގަކޮށް، ކައުންސިލް ހިންގުމުގެ އެންމެ މަތީ ފަރާތަކީ ރައީސްކަމަށް ވާތީ މިފަދަ ފިޔަވަޅު އަޅާފައިވަނީ ކަމަށް ބުނެފައިވެއެވެ.

މި ނިންމުން އަންގާ ކައުންސިލްގެ ނައިބު ރައީސަށް ފޮނުވި ސިޓީގައި އިންކުއަރީގެ ތަފްސީލެއް ހިމަނާފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ބަލާފައިވަނީ ހޯކްސް އަށް ވިޔަފާރި އުސޫލުން ބިމެއް ދޫކުރުމުގައި އަމަލު ކޮށްފައިވާ ގޮތުގެ މައްސަލައެކެވެ. އެ މައްސަލާގައި އޭސީސީން ވެސް ބެލުންތައް ބަލާފައިވާނަމަވެސް، ދެ އިދާރާ އިންވެސް ގޯސްކޮށް ހިނގި ކަންކަން ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

ކައުންސިލް ރައީސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ކައުންސިލަރުންގެ ބައިވެރިވުމާއެކު ނިންމި ނިންމުމެއްގައި ވަކި މީހަކު އެކަނި ކުށްވެރިވާ ކަމަށް ބުނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ހޯރަފުށީ ކައުންސިލުގައި ރައީސް ހިމެނޭހެން ތިބި 7 މެމްބަރުންވެސް އެމްޑީޕީގެ މެމްބަރުންނެވެ. އެހެން ކައުންސިލަރުންނަށް އެލްޖީއޭ އިން ނަސޭހަތް ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.