ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ވޭޕް ހޯދައި ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައިވެއެވެ. ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާއިރު، ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް އެޕާޓްމަންޓަކުން 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވެއެވެ. މި އޮޕަރޭޝަންގައި ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާއިރު، އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ