ލ. ގަމު ފެނަކަ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑުމުން، ރައްޔިތުންނަށް އެހީވުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަގުތީ ޗާޖިން ސްޓޭޝަނެއް ގާއިމުކޮށްދީފިއެވެ. މި ސްޓޭޝަން ހަދާފައިވަނީ މަތިމަރަދޫގައި ހުންނަ އުރީދޫ ޓަވަރުގެ ބެކަޕް ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.
މެންދުރުފަހު ގަން ތުނޑީގައި ހުންނަ އިންޖީނުގޭގައި ރޯވި އަލިފާން 15:50 ހާއިރު ނިއްވާލެވުނު ނަމަވެސް، ޖަނަރޭޓަރަކަށް ބޮޑެތި ގެއްލުންތައް ލިބި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފެނަކައިން ބުނެއެވެ. އެހެންނަމަވެސް އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައެއް ނުވެއެވެ.
ފެނަކައިން ބުނީ މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިހާރު ފެނުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. ފެނަކައިން ވަނީ ރައްޔިތުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ