އެމްއެންޑީއެފާއި އިންޑިއަން އާމީގެ ގުޅިފައިވާ އަސްކަރީ ތަމްރީނު "އެކުވެރިން" އިންޑިއާގައި ފަށައިފި

އެމްއެންޑީއެފާއި އިންޑިއަން އާމީގެ ގުޅިފައިވާ އަސްކަރީ ތަމްރީނު "އެކުވެރިން" އިންޑިއާގައި ފަށައިފި

Author
އަހުމަދު
03 ޑިސެމްބަރ 2025 10:11
0

ދިވެހި އަސްކަރިއްޔާއާއި އިންޑިއާ ސިފައިން ގުޅިގެން ކުރިއަށްގެންދާ "އެކްސަސައިޒް އެކުވެރިން" ގެ 14 ވަނަ އެޑިޝަން މިއަދު އިންޑިއާގެ ޓްރިވެންޑްރަމްގައި ފަށައިފިއެވެ.

މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ތަމްރީނުގައި އެމްއެންޑީއެފް މެރިން ކޯގެ 45 ސިފައިން ބައިވެރިވެއެވެ. ދެ އަހަރުން އެއް އަހަރު ބާއްވާ މި އެކްސަސައިޒަކީ ފަހަރަކު ގައުމެއްގައި ބާއްވަމުން އަންނަ ތަމްރީނެކެވެ.

މި ފަހަރުގެ ތަމްރީނުގައި އެމްއެންޑީއެފް ކޮންޓިންޖެންޓަށް އިސްކޮށް ހުންނެވީ މެރިން ކޯ ހެޑްކުއޯޓަރޒްގެ އޮޕަރޭޝަންސް އަދި ޓްރެއިނިންގ ޑައިރެކްޓަރ މޭޖަރ އަބްދުލް ހަސީބް އިބްރާހީމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.