ނަތީޖާ ނުދެއްކޭ ފުލުހުންނަށް ވަޒީފާގައި ނުތިބެވޭނެ: މިނިސްޓަރު އިހުސާން

ނަތީޖާ ނުދެއްކޭ ފުލުހުންނަށް ވަޒީފާގައި ނުތިބެވޭނެ: މިނިސްޓަރު އިހުސާން

Author
އަހުމަދު
03 ޑިސެމްބަރ 2025 10:13
0

ރައްޔިތުންނަށް ނަތީޖާ ނުދެއްކޭ ފުލުހުންނަށް އެ ވަޒީފާގައި ދެމިނުތިބެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ލޯކަލް ޕޮލިސިން ކޮންފަރެންސްގެ ތެރެއިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރައްޔިތުން އެދެނީ ނަތީޖާ ކަމަށާއި، ރީޓްރެއިން ވުމަށް ފުރުސަތު ދިނުމަށް ފަހު ވެސް ނޮންޕާފޯމް ކުރާ މީހުންނަށް ފުލުހުންގެ ތެރޭގައި ނުތިބެވޭނެ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންނަށް ނަތީޖާ ދެއްކުމަށް ތަހުގީގުތައް އަވަސް ކުރުމާއި، މަގުމަތިން ގިނައިން ފުލުހުން ފެނުމާއި، ޖަވާބުދާރީވުން ރަނގަޅު ކުރުމާއި، އޮޕަރޭޝަންތައް އިތުރުކޮށް އިދާރީ ކަންކަން މަދުކުރަން ޖެހެ އެވެ.

މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އިހުސާން ވަނީ ފުލުހުންގެ މުޅި ސިސްޓަމް ފެއިލް ވެފައިވާ ކަމަށާއި "ހާޑް ރީސެޓަކަށް" ދާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މި ސަރުކާރަށް ދެ އަހަރުވީ އިރު 2.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ލިބުމާ އެކު ވެސް ފުލުހުންނަށް ޒިންމާ އަދާނުކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.