ތެދު މަޢުލޫމާތު ފެތުރުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު އިޙްސާން

ތެދު މަޢުލޫމާތު ފެތުރުމަކީ އެންމެންގެ ޒިންމާއެއް: ވަޒީރު އިޙްސާން

Author
އަހުމަދު
02 ޑިސެމްބަރ 2025 03:57
0

ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވައި ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހަދަންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުން ކުރިއަށް ގެންދިޔަ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިން ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިޒަމާނުގައި ދޮގު މަޢުލޫމާތު ފެތުރެނީ ވަރަށް އަވަހަށް ކަމަށާއި، އެކަމުން ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އަދި ދޮގު މަޢުލޫމާތުގެ ހަގީގަތް ހާމަކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދޮގު މަޢޫލޫމާތު ފަތުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. މި ފޯރަމްގައި ސްކޫލުތަކާއި އެމްއެންޔޫގެ ދަރިވަރުން ހިމެނޭގޮތުން 100 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.