އެފް.އޭ.އެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

އެފް.އޭ.އެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

Author
އަހުމަދު
01 ޑިސެމްބަރ 2025 09:38
0

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެފް.އޭ.އެމް ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަދު ހަވީރު، ހެންވޭރު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ، ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީ.ސީ ސްޕޯޓްސް ކްލަބެވެ. 6-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

މިއަދުގެ މެޗަށްފަހު އެކަމަނާ ވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ދެއްވާ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.