އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ 1.8 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ދައުވާތައް ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ ހުށަހެޅި ދިފާއު ކްރިމިނަލް ކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ބައްސާމް ވަނީ އެފްއޭއެމްގެ ކަންކަމަކީ ފީފާއިން ވަރަށް ހަރުކަށިކޮށް ބަލާ ކަންކަން ކަމަށާއި، ތިންވަނަ ފަރާތެއްގެ ނުފޫޒު އެ އިދާރާގެ މައްޗަށް އައިސްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ އެންގުމާ ހިލާފުވި ގައުމުތައް މީގެ ކުރިން ފީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ސަސްޕެންޑް ވެދާނެ ކަމުގެ ނުސީދާ އިންޒާރެއް ވެސް ބައްސާމް ދިނެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އެ ދިފާއު ބަލައިގެންފައެއް ނުވެއެވެ. ހައިކޯޓުން އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނުނިންމައެވެ. ބައްސާމް މިހާރު ވެސް ގެންދަވަނީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ