"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ވަގުތު އިތުރު ކޮށްފި

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ވަގުތު އިތުރު ކޮށްފި

Author
އަހުމަދު
01 ޑިސެމްބަރ 2025 01:35
0

ތޫފާން "ދީތުވާ"ގެ ސަބަބުން ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯން މާދަމާ މެންދުރު 2 ޖެހުމާ ހަމައަށް ދިގު ދެންމުމަށް ނިންމައިފިއެވެ.

ޕީއެސްއެމުން އިސްނަގައިގެން މިއަދު ހެނދުނު 9 ޖެހިއިރު ފެށި މި ޓެލެތޯން ކުރިން ނިންމަން ހަމަޖެހިފައި އޮތީ މިރޭ 1 ޖެހިއިރަށެވެ. ނަމަވެސް ދިވެހީންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާއެކު މިހާރު ވަނީ ހުއްޓާނުލައި މާދަމާ މެންދުރާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައެވެ.

މިހާތަނަށް 3.24 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއި 38،531 އަށް ވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ. އެކި ކުންފުނިތަކާއި ޖަމިއްޔާތަކުގެ އިތުރުން އާންމު ފަރުދުންވެސް ދަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެހީވާން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އެކައުންޓްތަކާއި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ފޮށިތައް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.