ބީއެމްއެލްގެ އޮންލައިން ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިއްޖެ

ބީއެމްއެލްގެ އޮންލައިން ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިއްޖެ

Author
އަހުމަދު
01 ޑިސެމްބަރ 2025 01:32
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިއަދު މެދުކެނޑިއްޖެ އެވެ.

ގަޑިއެއްހާއިރު ވަންދެން ހިދުމަތް ލިބުން ހުއްޓިފައި އޮތް އިރު، ބޭންކުން ވަނީ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

މި މައްސަލަ ދިމާވި ނަމަވެސް ޕީއޯއެސް މެޝިނުތައް މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އޮންލައިން ހިދުމަތްތަކަށް ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތައް ދިމާވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.