ސްރީލަންކާއަށް އެހީވުމަށް ސަން ސިޔާމް ގްރޫޕުން ދެ ލައްކަ ޑޮލަރު ދީފި

ސްރީލަންކާއަށް އެހީވުމަށް ސަން ސިޔާމް ގްރޫޕުން ދެ ލައްކަ ޑޮލަރު ދީފި

Author
އަހުމަދު
30 ނޮވެމްބަރ 2025 08:04
0

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ބޮޑެތި ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ސަން ސިޔާމް ގްރޫޕުން 200،000 ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ. މި އެހީގެ ރަމްޒީ ޗެކް، ސްރީލަންކާގެ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާ ހަވާލުކޮށްދެއްވީ ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދެވެ. މިއަދު 75،000 ޑޮލަރު ހަވާލުކޮށްފައިވާއިރު، ބާކީ ފައިސާ ކުރިއަށް އޮތް ދުވަސްތަކުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސިޔާމް ވިދާޅުވި ގޮތުގައި، އެ ގްރޫޕުގެ ރިސޯޓުތަކާއި ކުންފުނިތަކުގައި ލަންކާއަށް އެހީވުމަށް ފަންޑްރެއިޒިން ހަރަކާތްތައް މާދަމާ ފެށޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯނަށް މިހާތަނަށް ދެ މިލިއަނެއްހާ ރުފިޔާ ލިބިފައިވާއިރު، ދިވެހި ސަރުކާރުން ވެސް 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ވަނީ ނިންމައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.