ތޫފާން ދިތުވާގައި ސްރީލަންކާއިން 212 މީހުން މަރުވެ، 218 މީހުން ވަނީ ގެއްލިފައި

ތޫފާން ދިތުވާގައި ސްރީލަންކާއިން 212 މީހުން މަރުވެ، 218 މީހުން ވަނީ ގެއްލިފައި

Author
އަހުމަދު
30 ނޮވެމްބަރ 2025 08:03
0

އަވައްޓެރި ސްރީލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން މިހާތަނަށް 212 މީހުން މަރުވެ، 218 މީހުން ގެއްލިފައިވާކަމަށް އެޤައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެޤައުމަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާނެވެ.

ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 30،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، އެތައް ބަޔަކު ކިސަޑުގައި ތާށިވެފައި ތިބެދާނެކަމަށް ބެލެވެއެވެ. ބައެއް ސަރަހައްދުތަކުގައި ފެންގަނޑު ބޮޑުވެފައިވާތީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެންނެވެ.

މި ކާރިސާގައި އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ހެލިކޮޕްޓަރާއި އެހެނިހެން ވަސީލަތްތައް ފޮނުވާފައިވާއިރު، އެކި ޤައުމުތަކާއި އދ. އިންވެސް ދަނީ ލަންކާގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.