އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެމްބަރުންނަށް މާދަމާއިން ފެށިގެން ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް ވިދާޅުވީ އެއް ދާއިރާއަކަށް ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ އަންނަ މަހުގެ 27 ގައި ޕްރައިމެރީ ބާއްވާނެކަމަށެވެ. މި ޕްރައިމެރީ ވެގެންދާނީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޕްރައިމެރީއަށްކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ނަން ހުށައެޅުމަށް ހާއްސަ ޕޯޓަލެއް ގާއިމްކޮށްފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާރިޗު 28 ގައެވެ.
ކޮމެންޓު ފޮނުވާ