މާލެއިން ހުޅުމާލެއަށް ދާ ސިނަމާލެ ބުރިޖު ހައިވޭގެ ލޭން ހަތަރެއް ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު އެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެނަކަށާއި ފަހަތުގައި އިން 22 އަހަރުގެ އިންޑިއާ އަންހެނަކަށެވެ. ފިރިހެން މީހާގެ ކަނާއަތުގެ ކޮނޑުހުޅު ނެއްޓި އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އަންހެން މީހާގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފަ އެވެ. ދެ މީހުންނަށް ވެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ