އެސްޓީއޯ އާއި ހިޓާޗީގެ 25 އަހަރުވީ ޕާޓްނާޝިޕް ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފި

އެސްޓީއޯ އާއި ހިޓާޗީގެ 25 އަހަރުވީ ޕާޓްނާޝިޕް ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފި

Author
އަހުމަދު
29 ނޮވެމްބަރ 2025 10:50
0

އެސްޓީއޯ އާއި ޖަޕާނުގެ މަޝްހޫރު ބްރޭންޑް ހިޓާޗީގެ ވިޔަފާރީގެ ގުޅުމަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި ހިޓާޗީގެ މެނޭޖިން ޑިރެކްޓަރު ޔޮޝިޔޫކީ ބަންޑޯ އާއި އެ ކުންފުނީގެ އިސްވެރިންނާއި އެސްޓީއޯގެ ކުރީގެ އަދި މިހާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ދެ ކުންފުނީގެ ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި ހިޓާޗީން އަލަށް ނެރޭ އުފެއްދުންތައް މާ ގިނަ ދުވަހެއް ނުވެ އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ލިބެން ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފާއިތުވި 25 އަހަރު ހިޓާޗީގެ އުފެއްދުންތައް އެންމެ ގިނައިން ގަތް 4 ކަސްޓަމަރުންނަށް ހަނދާނީ އެވޯޑު ދީފައިވާއިރު، ހިޓާޗީގެ އެންމެ ފަހުގެ 'ހިޓާޗީ ނިއު އެއާ' ރޭންޖުގެ އުފެއްދުންތައް ވެސް ވަނީ ތައާރަފުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.