މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމާއި ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ހަރުކަށި އަދަބު ކަނޑައެޅުމަށް ސަރުކާރުން އެއްގަމު އުޅަނދުފަހަރާ ބެހޭ އާ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް ހުށަހެޅުއްވި މި ބިލްގައި ފަރުވާ ކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން އެފަދައިން ދުއްވައިގެން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަދި މީހަކަށް އަނިޔާވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ އިތުރުން ކުޑަކުއްޖަކަށް ނުވަތަ ލައިސަންސް ނެތް މީހަކަށް އުޅަނދު ދުއްވަން ދިނުމާއި ރޯޑްވަރދިނަސް ޝަރުތު ފުރިހަމަ ނުކޮށް ދުއްވުން ފަދަ ކުށްތައް ބިލްގައި ހިމެނެ އެވެ. ބައިނަލްއަގްވާމީ ޑްރައިވިން ޕާމިޓް ދޫކުރެވޭނެ އުސޫލާއި ރޯޑް ސޭފްޓީ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުންވެސް ބިލްގައި ހިމެނެ އެވެ.
މެންބަރުންގެ އިއްތިފާގުން ބަލައިގެންފައިވާ މި ބިލް ގާނޫނަކަށް ވެއްޖެނަމަ ހަ މަސް ތެރޭ ގަވާއިދުތައް ހަދަންޖެހޭނެ އެވެ.
ކޮމެންޓު ފޮނުވާ