މިއަދު ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ. ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަން މަސައްކަތް ކުރަމުން ދަނިކޮށް މި ހާދިސާ ހިނގައިފައިވާ ކަމަށް ސްޓެލްކޯ އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެ އެވެ.
ހާދިސާގައި އަނިޔާވި މުވައްޒަފާ މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެ މީހާއަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. މި ހާދިސާއާ ބެހޭ އިތުރު ތަފްސީލު އަދި ހާމައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ