ރާއްޖޭގައި ޗުއްޓީ ހޭދަކުރި 2 ފަތުރުވެރިން - ފޮޓޯ: ޖޯލި މޯލްޑިވްސް

އަހަރުގެ ފެށުން ކާމިޔާބު: ފުރަތަމަ ހަފްތާގައި 20،612 ފަތުރުވެރިން

އަހަރުގެ ފެށުން ކާމިޔާބު: ފުރަތަމަ ހަފްތާގައި 20،612 ފަތުރުވެރިން

މިއަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއިން 20،612 ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ.

އިއްޔެގެ ނިޔަލަށް މިއަހަރުގެ ފުރަތަމަ ހަފްތާ ނިމިފައި ވާއިރު ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ހަފްތާގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުއެވެ. ހޮނިހިރު ދުވަހު 4،160 ފަތުރުވެރިން ރާއްޖެއައިސްފައި ވާއިރު އާދީއްތަ ދުވަހު 4،195 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. އެވްރެޖް ގޮތެއްގައި އަހަރުގެ ފުރަތަމަ ހަފްތާގައި ދުވާލަކު 2،945 ފަތުރުވެރިން ރާއްޖެއަށް މިވަނީ ޒިޔާރަތްކޮށްފަ އެވެ.

މިދިޔަ 2020 ވަނަ އަހަރު ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 37،048 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖަނަވަރީ މަހަށްވުރެ އިތުރުވާނެކަން މިވަނީ ޔަގީންވެފައެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން އައީ ރަޝިއާގެ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން އައީ އިންޑިއާގެ ފަތުރުވެރިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން މިހާތަނަށް އައީ ޔޫކްރައިންގެ ފަތުރުވެރިންނެވެ.

އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތައް:

  1. ރަޝިއާ – 5،331
  2. އިންޑިއާ – 1،816
  3. ޔޫކްރައިން – 1،779
  4. ކަޒަކިސްތާން – 1،082
  5. ޔޫކޭ – 956
  6. ރޫމޭނިއާ – 739
  7. ޖަރުމަން – 650
  8. ފްރާންސް – 586
  9. އެމެރިކާ – 416
  10. އުޒްބެކިސްތާން – 377

ނިމިދިޔަ 2020 ވަނަ އަހަރު ޖުމްލަ 555،399 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ނިމުމާއެކު ރާއްޖެއިން ކުރިމަތިލާނީ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރާއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭނީ 2022 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *