އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ކުރެވޭ ކޮރަޕްޝަންގ މައްސަލާގައި މިއަދު ހެނދުނު ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ލަސްވެއްޖެއެވެ. ޝަރީއަތަށް ހާޒިރު ކުރުމަށް ޖަލުގެ ހެދުމުގައި ބިޑި އަޅުވައިގެން ނެރުމަށް ކަރެކްޝަންސްއިން އުޅުމުން، ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހެދުމުގެ ސަބަބުން އަޑުއެހުން ނުފެށި ލަސްވަމުން ގޮސްފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.
ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް ކަމަށް ތުހުމަތުކޮށް ދައުވާކުރި މި މައްސަލައިގައި ބައްސާމް މިހާރު ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދެއެވެ. ހެނދުނު 8:15 އަށް ތާވަލުކޮށްފައިވި އަޑުއެހުން 11:00 ހާއިރު ފެށޭނެ ކަމަށް ކަރެކްޝަންސްއިން ލަފާކޮށްފައިވާ ކަމަށް ކޯޓުގެ އޮފިޝަލަކު ވިދާޅުވިއެވެ. ބައްސާމް ގޮޅިން ނެރުމުގެ މަސައްކަތް ކުރަމުންދާއިރު، އަޑުއެހުން ކެންސަލްކޮށްފައި ނުވާ ކަމަށް ކޯޓުން ފާހަގަކުރިއެވެ.
ކޮމެންޓު ފޮނުވާ