ފުވައްމުލަކަށް ސަޕްލައި ފެން ދޫކުރަން ފަށައިފި

ފުވައްމުލަކަށް ސަޕްލައި ފެން ދޫކުރަން ފަށައިފި

Author
ހުސައިން
13 ނޮވެމްބަރ 2025 11:07
0

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަނޑާލާފައިވާ ފުވައްމުލަކު ސިޓީގެ ސަޕްލައި ފެން ދޫކުރަން ރެއިން ފެށިގެން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. ފެން ދޫކުރަން ފަށާފައިވަނީ ފެނުގައި ތަޣައްޔަރުކަމެއް ނެތްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެރިފައި ކުރުމަށް ފަހުއެވެ.

ފެން ކަނޑާލާފައި ވަނީ ބޭނުން ކުރެވޭ ވަރަށްވުރެ ފެން ތަޣައްޔަރުވެ، ރައްކާތެރި ނޫން ވުމުން ކަމަށާއި، ހައެއްކަ ގަޑިއިރުން މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މުޅިން ހައްލު ނުވުމުން އެ ސިޓީގެ ރައްޔިތުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ. ނަޖާހު ވިދާޅުވީ ފެނުގެ ވިއުގައިގައި މައްސަލައެއް ނެތް ހިސާބުތަކަށް މިހާރު ފެން ދޫކޮށްފައިވާ ނަމަވެސް ކްރޮސް ކަނެކްޝަން ހަދާފައިވާ ގެތަކަށް އަދި ފެން ނުލިބޭނެ ކަމަށާއި، އެކަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ސިޓީގެ ފެން ލީކުވުމުގެ ބޮޑެތި މައްސަލަތައް ވެސް ހައްލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.