ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑު ސިޓީ ފޭދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެރަށުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިފިއެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން، ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ފޭދޫ ރައްޔިތުންގެ ދިގު މުއްދަތުގެ އެދުމެއް ފުއްދުމުގެ މުހިއްމު މަސައްކަތެއްކަމުގައި ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ