އެމެރިކާގެ ނިއުޔޯކު ސިޓީގެ ފުރަތަމަ މުސްލި މޭޔަރުކަން މަމްދާނީ ކާމިޔާބު ކޮށްފި

އެމެރިކާގެ ނިއުޔޯކު ސިޓީގެ ފުރަތަމަ މުސްލި މޭޔަރުކަން މަމްދާނީ ކާމިޔާބު ކޮށްފި

Author
ހުސައިން
05 ނޮވެމްބަރ 2025 08:51
0

އެމެރިކާގެ ނިއުޔޯކުގެ ސިޓީގެ މޭޔަރުކަމަށް ފުރަތަމަ ފަހަރަށް މުސްލިމް މޭޔަރަކު އިންތިޚާބު ކޮށްފިއެވެ. ނިއުޔޯކުގެ މޭޔަރުކަަމަށް އިންތުޚާބުވި މޭޔަރު ޒޮހްރާން މަމްދާނީ، 34 އަހަރު، އަކީ ނިއު ޔޯކް ސިޓީގެ މޭޔަރުކަމަށް އިންތިޚާބު އެންމެ ޒުވާން މޭޔަރެވެ. އެމެރިކާގެ ރައީސް ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ އިންތިހާބީ ޓެސްޓުގައި ވާޖިނިއާ އަދި ނިއު ޖާސީގެ ގަވަރުނަރުކަން ޑިމޮކްރެޓުން ކާމިޔާބުވާނެ ކަމަށް ލަފާކުރެވެއެވެ.

މަމްދާނީއާއި އިންތިޚާބުގައި ވާދަކޮށްފައިވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރި އެންޑްރޫ ކުއޮމޯ އަދި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރި ކާޓިސް ސްލިވާއެވެ. އިންތިޚާބު މަމްދާނީ ކާމިޔާބު ކޮށްފިނަމަ  ނިއު ޔޯކް ސިޓީއަށް ލިބޭ ފެޑެރަލް ފަންޑިން ކަނޑާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.