ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްއެއް ހުޅިވައިފި

ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްއެއް ހުޅިވައިފި

Author
ޙަސަން މުޙައްމަދު
04 ނޮވެމްބަރ 2025 10:32
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ. ބީއެމްއެލް އިން ބުނީ މި އޭޓީއެމްގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް އަމިއްލަ ބޭނުމަށާއި ވިޔަފާރީގެ ބޭނުމަށް ބޭރު ފައިސާ ލިބުމުގައި ދިމާވަމުން އައި ދަތިތައް ނެތިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކަކީ ކޮންމެ އަހަރަކު ވެސް ހާސްހާސް ޓޫރިސްޓުން ޒިޔާރަތްކުރާ ރަށެކެވެ. މި ސިޓީގެ ގުދުރަތީ ރީތިކަމާއި ވަށައިގެން ޖަމާވާ މިޔަރުތަކުގެ ސަބަބުން ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއެކު ފުވައްމުލަކުގައި އެތައް ވިޔަފާރިތަކެއް އުފެދިފައިވާތީ، އެ ސިޓީ ހިމެނެނީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ބޭރު ފައިސާ ބޭނުންވާ ސަރަހައްދުތަކުގެ ތެރޭގަ އެވެ.

ބީއެމްއެލްއިން މިހާރުވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ގާއިމް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.