ސިގިރެޓް ކޮންޓެއިނާ ވައްކަން: ފަހުން ހައްޔަރު ކުރި 3 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

ސިގިރެޓް ކޮންޓެއިނާ ވައްކަން: ފަހުން ހައްޔަރު ކުރި 3 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

Author
ހުސައިން
02 ނޮވެމްބަރ 2025 11:36
0

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނާގައި ހުރި ސިގިރެޓް ވައްކަމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ބަންދުކުރީ ނޫރަލީގެ، ހދ. ވައިކަރަދޫ، އަހްމަދު ޝަހީމް (42)، ޗާނދަނީގެ، ސ. ހިތަދޫ، ހުސައިން ސާމިހު (35) އަދި ހ. ރުމޭނިޔާ، މާލެ، އަހްމަދު ފިރުސާން (35) އެވެ. މި މީހުންނާއެކު މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު ނުވަ އަށް އަރާފައި ވެއެވެ.

މި އަހަރުގެ އޭޕްރީލް 26 ގައި ހުޅުމާލެ ޕޯޓުގައި ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނު މައްސަލާގައި ކުރީގައި ހައްޔަރުކުރީ އެ ކޮންޓެއިނާތައް އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު އެވެ. މީގެ އިތުރުން މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ، ވިޔަފާރިވެރިން އަހުމަދު އާރިފް (އާޓޭ) އާއި މުހައްމަދު ވަހީދު (ދިގަލި)، ޒިވާރު އިސްމާއީލް އަދި ހަސަން އަބްދުއްރަހްމާން ވެސް ކުރީން ހައްޔަރުކުރި އެވެ. މި އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.