ނަސްރުގެ ދުވަހުގެ ހަރަކާތްތައް މާލެއާއި ތިނަދޫގައި ބާއްވަނީ

ނަސްރުގެ ދުވަހުގެ ހަރަކާތްތައް މާލެއާއި ތިނަދޫގައި ބާއްވަނީ

Author
ހުސައިން
02 ނޮވެމްބަރ 2025 10:37
0

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލެއާއި ތިނަދޫގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ތައްޔާރުވެއްޖެއެވެ.

މާލޭގައި ހަރަކާތްތައް ފެށިގެން ދާނީ އިސްލާމީ މަރުކަޒުގައި މާދަމާ ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށް ފަހުއެވެ. އެއަށްފަހު ހެނދުނު 6:00 ޖަހާއިރު ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖަހައި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. ހެނދުނު 9:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގައި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނެއެވެ. އެދުވަހުގެ ހަވީރު 4:15ގައި ޖުމްހޫރީ މައިދާނުގައި ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ކުރިއަށް ދާނެއެވެ.

މާލޭގެ އިތުރުން އެކި ސަރަހައްދުތަކުގެ އެމްއެންޑީއެފްގެ ކޮމާންޑުތަކުން ސިފައިން ޖަމާއަތުގައި ފަތިސް ނަމާދުކޮށް، ދިދަ ނަގައި ދުވުން ކުރިއަށް ގެންދާނެއެވެ. ތިނަދޫ ސިޓީގައި މި މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު ސިފައިންގެ ފޮޓޯ މައުރަޒާއި އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ބާއްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.