ބަޖެޓް 2026: 64 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

ބަޖެޓް 2026: 64 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

Author
ހުސައިން
30 އޮކްޓޯބަރ 2025 02:33
0

އަންނަ އަހަރަށް ލަފާކޮށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މާލީ ވަޒީރު މޫސާ ޒަމީރު މަޖިލީހަށް ހުށަހެޅުއްވި މި ބަޖެޓުގެ ޖުމްލައަކީ 64،202،565،720 ރުފިޔާއެވެ.

މި ބަޖެޓުގެ ތެރެއިން ޚަރަދުކުރުމަށް ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ރިކަރަންޓް ޚަރަދަށް 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކެޕިޓަލް ޚަރަދަށް ހިމަނާފައިވަނީ 9.3 ބިލިއަން ރުފިޔާއެވެ. މި އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 40.4 ބިލިއަން ރުފިޔާކަމަށް މާލީ ވަޒީރު ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.