ފްލައިދުބާއީ ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފި

ފްލައިދުބާއީ ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފި

Author
ޙަސަން މުޙައްމަދު
28 އޮކްޓޯބަރ 2025 08:31
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް 1 އިން ޔޫއޭއީގެ ބަޖެޓް އެއާލައިން ފްލައިދުބާއީ މިއަދު ހިދުމަތް ދޭން ފަށައިފި އެވެ. އާ ޓާމިނަލަށް ކައިރިކުރި އެ އެއާލައިނުގެ ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް ދީ މަރުހަބާ ކިޔުނެވެ.

މިއަދު އެ އެއާލައިނުގެ ޗެކިން ކައުންޓަރު ރަސްމީކޮށް ހުޅުވައި، ދަތުރުވެރިންނަށް ހިދުމަތް ދޭން ފަށާފައިވާއިރު، ފްލައިދުބާއީއާއެކު ޓާމިނަލް 1 އިން މިހާރު 17 އެއާލައިނަކަށް ހިދުމަތް ދެމުންދާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބުންޏެވެ.

މިދިޔަ ޖުލައި 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށި ޓާމިނަލް 1 އަކީ ޒަމާނީ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. މި ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް އަދި 12 އެއިރޯ ބްރިޖް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.