ސަރުކާރުގެ ވައުދުތައް ފުއްދާނީ ވަކި ކަމެއް ދޫނުކޮށް: އިކޮނޮމިކް މިނިސްޓަރު

ސަރުކާރުގެ ވައުދުތައް ފުއްދާނީ ވަކި ކަމެއް ދޫނުކޮށް: އިކޮނޮމިކް މިނިސްޓަރު

Author
ހުސައިން
28 އޮކްޓޯބަރ 2025 01:07
0

ސަރުކާރުން ރައްޔިތުންނަށް ވި ހުރިހާ ވައުދުތަކެއް ވަކި ކަމެއް ދޫނުކޮށް ފުއްދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގައި ބަނދަރަކާއެކު ބަންކަރިން ހިދުމަތް ގާއިމުކުރުމާ ގުޅޭ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިގު މުއްދަތަކަށް ގިނަ ސަރުކާރުތަކުން އެފަދަ ކަންކަމަށް އުއްމީދު ކުރި ނަމަވެސް އަމަލީ ގޮތުން ކަންކަން ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އިތުރު ދޮރުތައް ހުޅުވައި ވަރަށް ބޮޑެތި ކުރިއެރުންތައް ގެނެސްދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ލ. އަތޮޅުގައި ބަންކަރިން ހިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތުގެ އަމަލީ ހެކި ފެނިގެންދާނެ ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވަނީ ލ. ފޮނަދޫއާއި ގާދޫއާ ދެމެދުގައި މި ބަނދަރު ގާއިމުކުރުމަށް އެއްބަސްވުމަކަށް އައުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާކަން ހާމަކުރައްވާފައެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް މިދިޔަ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ވަނީ ފުރުސަތު ހުޅުވާލައިފައެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޒީރޯ ޑިގްރީގެ ޗެނަލް މެދުވެރިކޮށް ދަތުރުކުރާ ބޭރުގެ ބޯޓުފަހަރަށް ބަންކަރިން ހިދުމަތް ދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.