ވެލާނާ އެއާޕޯޓުގައި ބީއެމްއެލްގެ ފައިސާގެ ސޫޓުކޭހެއް ފޭރިގަނެފި

ވެލާނާ އެއާޕޯޓުގައި ބީއެމްއެލްގެ ފައިސާގެ ސޫޓުކޭހެއް ފޭރިގަނެފި

Author
ޙަސަން މުޙައްމަދު
27 އޮކްޓޯބަރ 2025 08:58
0

މިއަދު ފަތިހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫނުނިވާކޮށްގެން ތިބި ބަޔަކު ބޭންކް އޮފް މޯލްޑިވްސްގެ ފައިސާހުރި ސޫޓުކޭހެއް ފޭރުމުގެ ހާދިސާއެއް ހިނގައިފިއެވެ.

އެއާޕޯޓުގެ އައު ޓާމިނަލަށް ފައިސާ ގެންދިއުމަށް ނުކުމެގެން ދިޔަ ބީއެމްއެލްގެ ދެ މުއައްޒަފުންގެ އަތުން ފައިސާގެ ސޫޓުކޭސް ފޭރިގަތުމުގެ މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 04:45 ގައެވެ. ފުލުހުން މިހާރު މި މައްސަލަ ބަލަމުން އަންނަނަމަވެސް، ފޭރިގަނެފައިވާ ފައިސާގެ އަދަދާއި މިކަމުގެ ތަފްސީލު ބީއެމްއެލުން އަދި ހާމައެއް ނުކުރެއެވެ.

އާންމުކޮށް ބީއެމްއެލުން އެއާޕޯޓަށް ފައިސާ އުފުލާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ދަށުން ފުލުހުން ހަރަކާތްތެރިވެއެވެ. ނަމަވެސް މި ހާދިސާ ހިނގިއިރު ފުލުހުން ތިބިކަމެއް ހާމައެއް ނުވެއެވެ. އެއާޕޯޓުގެ އެކްސްޗޭންޖް ކައުންޓަރުތަކާއި އޭޓީއެމްތަކަށް ޖަމާކުރުމުގެ ބޭނުމުގައި ބޭންކުން ގިނަ ފަހަރު އެއާޕޯޓަށް ފައިސާ ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.