ޖޭއެސްސީގެ ހުސްވި މަގާމަށް މެމްބަރަކު އައްޔަންކުރުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ޖޭއެސްސީގެ ހުސްވި މަގާމަށް މެމްބަރަކު އައްޔަންކުރުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

Author
ހުސައިން
26 އޮކްޓޯބަރ 2025 11:02
0

ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މެންބަރަކު ހޮވުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެ މަގާމަށް އިންތިޚާބުވި ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

ރިޒާގެ ބަދަލުގައި ޖޭއެސްސީ ތަމްސީލްކުރާނެ މެންބަރަކު މާދަމާ ހޮވުމަށް ހަމަޖެހިފައި ވީނަމަވެސް، ވެރިކަން ކުރާ ޕީއެންސީން އެކަމަށް ވަކި މެންބަރަކު ނޮމިނޭޓް ކުރިކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. ރިޒާ އިސްތިއުފާ ދެއްވި އިރު، ޖޭއެސްސީގެ ނައިބު ރައީސް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފައިވާއިރު، އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރު ޔަޒްމީދު މުހައްމަދު އިންތިޚާބުކޮށްފައި ވެއެވެ.

އެއް އަހަރާއި ހަތަރު މަހަށްވުރެ ގިނަ ދުވަސް ޖޭއެސްސީގެ ރައީސްކަން ކުރެއްވި ރިޒާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. ވަކިން ޚާއްސަކޮށް، ރިޒާ އިސްވެ ހުންނަވައިގެން މިއަހަރު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ފަހު، އެއް ފަނޑިޔާރަކު އަމިއްލައަށް އިސްތިއުފާ ދެއްވި އިރު، އަނެއް ދެ ފަނޑިޔާރުން މަޖިލީހުން ވަނީ ވަކިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.