ވައިގަދަވެ މަންޓާގެ ފްލައިޓެއް އިފުރު އެއާޕޯޓަށް ނުޖެއްސި އަނބުރާލައިފި

ވައިގަދަވެ މަންޓާގެ ފްލައިޓެއް އިފުރު އެއާޕޯޓަށް ނުޖެއްސި އަނބުރާލައިފި

Author
ހުސައިން
22 އޮކްޓޯބަރ 2025 07:34
0

މިއަދު ވައިގަދަވުމުގެ ސަބަބުން މަންޓާ އެއާގެ އޭޓީއާރް 600-72 ވަނީ އިފުރު އެއާޕޯޓަށް ނުޖެއްސި އަނބުރާލާއިފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން މި ހާދިސާގެ މަންޒަރުތައް ފެންނަން ހުރެއެވެ.

ދާދި ފަހުންވެސް ވައިގަދަވެ މޯލްޑިވިއަންގެ ފްލައިޓަކަށް ހދ. ހަނިމާދޫ އެއާޕޯޓަށް ނުޖެއްސި ގިނަ އިރުތަކެއް މަތީ އުނދުހުމަށްފަހު އެނބުރި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާލާފައެވެ. މި ދުވަސްވަރު ގަދަވަޔާއެކު ކަނޑުތައް ގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މެޓުން މިއަދު ނެރުނު ހުދު ސަމާލުގައިވަނީ 14:30 އިން 20:30 އަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުތަކަށް ފެއްޓުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.