ހައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިސްލާމިކް މިނިސްޓްރީ ނުހިމެނޭގޮތަށް ކުރީ ސަރުކާރުން ގެނައި ބަދަލު ޝަހީމް ކުށްވެރިކުރައްވައިފި

ހައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިސްލާމިކް މިނިސްޓްރީ ނުހިމެނޭގޮތަށް ކުރީ ސަރުކާރުން ގެނައި ބަދަލު ޝަހީމް ކުށްވެރިކުރައްވައިފި

Author
އަހުމަދު
22 އޮކްޓޯބަރ 2025 11:01
0

ހައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިސްލާމިކް މިނިސްޓްރީ ނުހިމެނޭ ގޮތަށް ކުރީގެ ސަރުކާރުން ގެނައި ބަދަލު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުށްވެރިކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ވަރަށް މާތް މަޤްޞަދެއްގައި ދިވެހި ސަރުކާރުން އުފައްދާފައިވާ ތަނެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ހައްޖު ކޯޕަރޭޝަނުން ދަނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ހައްޖު ކޯޕަރޭޝަނަކީ ކުންފުންޏެއް ކަމުގައި ވީނަމަވެސް ލައިން މިނިސްޓްރީގެ ހައިސިއްޔަތުން ހައްޖާ ގުޅޭ ކަންކަން ރަނގަޅު މަގުން ގެންދިއުމަށް މިނިސްޓްރީން ދަނީ ފުރިހަމަ އިރުޝާދު ދެމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ކުންފުނީގެ އެތެރޭގެ ނިންމުންތަކަށް މިނިސްޓްރީގެ ދައުރެއް ނޯންނަ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ހައްޖަށް ދިއުމަށް ރައްޔިތުން ޑިޕޮސިޓް ކުރާ ފައިސާ އިސްލާމީ ޝަރީޢަތް ހުއްދަކުރާ މަގުން އިންވެސްޓް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހައްޖުގެ ޚިދުމަތުގެ އަގު ކުޑަކުރުމަށްޓަކައި ދުރާލާ ހައްޖު ކޯޕަރޭޝަނުން އިންވެސްޓްމަންޓްތަކެއް ޤާއިމްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވަކި ރަށެއް ނަގައިގެން އަމިއްލައަށް ނުވަތަ ރާއްޖެއިން ބޭރުގެ އިސްލާމީ މުއައްސަސާއަކާ ގުޅިގެން ހަލާލު ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ހައްޖުގެ އަގު ކުޑަކުރުމަށް ރަނގަޅު ފައިދާއެއް ލިބޭނެ މަގަކަށް ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.