ވަގަށް ނެގި ސިނގިރޭޓް ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ފެނިއްޖެ

ވަގަށް ނެގި ސިނގިރޭޓް ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ފެނިއްޖެ

Author
ހުސައިން
22 އޮކްޓޯބަރ 2025 10:56
0

ކަސްޓަމްސް އިން ހިފަހައްޓާފައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި މުހިންމު ހޯދުންތަކެއް ހޯދައިފި އެވެ. ފުލުހުން މިދިޔަ އާދީއްތަ ދުވަހު ތިލަފުށީގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ވަގަށް ނެގި ކޮންޓެއިނަރުގެ ބައިތައް ހޯދާ، އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި މިހާތަނަށް 12 މީހުންގެ ފުރުން މަނާކޮށް، ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު ހިމެނޭ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީއާއި ސީނިއަރ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ހިމެނެ އެވެ. އަދި އެމްޕީއެލްގެ 6 މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު މި ސިނގިރޭޓް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. އެ ކޮންޓެއިނަރުތައް ވަގަށް ނެގިކަން އެނގުނީ މި އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެތައް އުޅަނދުތަކާއި ތަންތަން ބަލައިފާސްކޮށް ތަހުގީގު ކުރިއަށް ދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.