ދިވެހިރާއްޖޭގެ ތާރީޚީ މައުލޫމާތު އެއްކޮށް ރައްކާތެރިކުރުމަށްޓަކައި، ރަށްރަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނާ އިންޓަވިއުކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ހާމަކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، 50 އަހަރާއި 60 އަހަރުން މަތީގެ މީހުންނާ އިންޓަވިއުކޮށް، ދިވެހީންގެ އަސްލުތައް ރައްކާތެރިކޮށް ދިރާސާތަކަށް ބޭނުންވާ ޑާޓާ އެއްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު 70 އަށްވުރެ ގިނަ ކައުންސިލާ ހިއްސާކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ